ޚަބަރު

ވޭމަންޑޫގައި އާ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރު ބަޖެޓްކުރަން ވަނީ ހަމަޖެހިފައި: ހެލްތު މިނިސްޓަރު

އިބްރާހިމް ޒަކީ

ތ. ވޭމަންޑޫގައި އަންނަ އަހަރު އާ ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވޭމަންޑޫގެ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތާ ބެހޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 2.2 މިލިއަން ރުފިޔާ ހިމެނުނު ނަމަވެސް، ހޮސްޕިޓަލް ހުރި ގޯތީގައި ޖާގަ ނެތުމާއި އިތުރަށް ގޯތި ބޮޑުކުރެވެން ނެތުމުގެ ސަބަބުން ހޮސްޕިޓަލް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ބަޖެޓް ރިވައިސް ކުރުމަށްފަހު، އެ ހޮސްޕިޓަލްގެ މަރާމާތަށް 321،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި މަރާމާތުގެ މަސައްކަތް ފަށައި ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.