އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް 4 ބޭފުޅުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަށް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު މަޖިލީހަށް އިއްވެވުމުން މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަނީ އެ ނަންތައް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.
މި ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް އައްޔަންކުރަން މަޖިލީހަށް ފެންނަ ބޭފުޅުންނަށް ރުހުން ދިނުން އޮންނާނީ އެ ނަންތައް ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވޯޓަށް އަހައިގެންނެވެ.