ޚަބަރު

ކޮވިޑް ފްރީޒޯން ކަނޑައަޅައި އިގްތިސޯދީ ހަރަކާތްތަކަށް ގައުމު ހުޅުވައިލުމަށް ހުށަހެޅި ގަރާރު ފާސްކޮށްފި

އިބްރާހިމް ޒަކީ

1

"ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި އިގްތިސޯދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ގައުމު ހުޅުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވި މި ގަރާރު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެގަރާރު ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ސަރުކާރަށް ލާޒިމުކޮށް ބައެއް އިސްލާހު ވަނީ ގެނެސްފައެވެ.

އެގޮތުން މާލެ ފުރަބަންދު ކުރަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެފަދަ ހާލަތެއްގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުންނާއި އުތުރާއި ދެކުނުގެ ސަރަހައްދުތަކުން ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ސަރަހައްދީ ބަނދަރުތަކުން އިގްތިސާދީ ހަރަކާތްތަކާއި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ގަރާރުގައި ވަނީ ހިމަނައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟