ޚަބަރު

އެމްޓީޑީގެ ސީނިއާ ނައިބު ރައީސަކަށް އާސިފް، ނައިބު ރައީސަކަށް ޔާމީން

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ސީނިއާ ނައިބު ރައީސަކަށް އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް އައްޔަންކުރައްވައި، ނައިބު ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު އައްޔަންކުރައްވައިފިއެވެ.

ސީނިއާ ނައިބު ރައީސަކަށް އާސިފް އައްޔަންކުރައްވައި، ނައިބު ރައީސަކަށް ޔާމީން އައްޔަންކުރައްވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެމްޓީޑީން ބުނީ ސީނިއާ ނައިބު ރައީސަކަށް އާސިފް އައްޔަންކުރައްވައި، އަދި ނައިބު ރައީސަކަށް ޔާމީން އައްޔަންކުރައްވާފައިވަނީ ބައްދަލުވުމަށް ހާޒިރުވި ދިހަ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

އާސިފާއި ޔާމީނަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޓީޑީގެ އިފްތިތާހީ ޖަލްސާގައި އެކުލަވާލި އެ ޕާޓީގެ އިންތިހާލީ ކައުންސިލުގައި ވެސް ހިމެނޭ ދެ މެމްބަރުންނެވެ.

އާސިފާއި ޔާމީނުގެ އިތުރުން ދެން އެ ކައުންސިލުގައި ދެން ހިމެނެނީ އާމިނަތު ވިޖްނާ މުހައްމަދާއި ސާއިފް އަހްމަދާއި މުހައްމަދު ރީހާނާއި އަބްދުލް ރަޝީދު ނާފިޒާއި މަރިޔަމް ސިޔާނާއާއި ނިމްތާޒް ހިލްމީއާއި ހޫދު އަބްދުލް ހަސީބާއި އާނިސް ހަސަން އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަސްވާއެވެ.