ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ މަދަނީ މުޖުތަމައުގެ ފެއަރ ބޭއްވުމަށްޓަކައި ހޯމް މިނިސްޓްރީން ޖަމިއްޔާތަކާއެކު މަޝްވަރާކޮށްފިއެވެ.
ހޯމް މިނިސްޓްރީން ވަނީ މަޝްވަރާކުރުމުގެ ކަންކަން ކުރިއަށްދިޔަ ވަގުތު ޓުވީޓެއްކޮށްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އެ މިނިސްޓްރީގެ އިތުރު ބޭފުޅުންނާ އަދި ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް މިހާރުވެސް އެކި މިނިސްޓްރީތަކުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މާދަމާ ހަވީރު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެން ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ޒުވާނުންނަށް ހާއްސަ ''ހަފްތާ ރެސް'' ފެށުމަށް ނިންމައިފައެވެ.