ޚަބަރު

އަފްރާޝީމް، ރިލްވާން އަދި ޔާމީން ރަޝީދުގެ ކޭސްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް އެދިއްޖެ

އަހުމަދު ޖައިޝަން

3

ޑރ. އަފްރާޝީމް އަލީ އާއި އަހުމަދު ރިލްވާން އަދި ޔާމީން ރަޝީދުގެ ކޭސްއާ ގުޅިގެން އެއްވެސް ބޭނުންކުރެވޭ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެދިއްޖެ އެވެ.

އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ ޑރ. އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ ކޭސްއާ ގުޅިގެން ބޭނުންތެރިކަން ހީވާ މައުލޫމާތު ހުރި ނަމަ މެއިލް މެދުވެރިކޮށް ހުށަހެޅުމަށާއި ޑައިރެކްޓް މެސެޖް ކުރުމަށެވެ.

އެ ކޮމިޝަނުން ބުނީ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށް އެފަރާތްތަކަށް ރައްކާތެރިކަން ދޭނެ ކަމަށެވެ.

އަދި މައުލޫމާތު ފޮނުވާއިރުގައި އެއީ ކޮން ފަރާތެއްކަން ނޭނގޭގޮތަށް މައުލޫމާތު ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅައިފައެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާނެ މައްސަލަތަކުގެ ތަފްސީލު އަންނަ އާދީއްތަ ދުވަހު ހާމަކުރާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟