ޚަބަރު

ދުވާފަރު، ހެނބަދޫ، ނައިފަރު އަދި ހިންނަވަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް މާލެ ވަޑައިގެންފި

މަރިޔަމް ޝަހުދާ

ދުވާފަރު، ހެނބަދޫ، ނައިފަރު އަދި ހިންނަވަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި އެވެ.

ރ. ދުވާފަރުގައި އިއްޔެ ކުރިއަށްދިޔަ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގަތުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ދުވާފަރަށް ވަޑައިގެން، ދުވާފަރު ކައުންސިލާއި އެ އަތޮޅު އުނގޫފާރު ކައުންސިލާ ވަކިވަކިން ބައްދަލުކުރައްވައިފައެވެ. އަދި އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް އެމަނިކުފާނު ވަނީ އިއްޔެ ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

މީގެ އިތުރުން މިއަދު ނ. ހެނބަދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެރަށު ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ. އަދި ޅ. ނައިފަރަށް ވަޑައިގެން އެ ރަށު ކައުންސިލާ ވެސް ރައީސް ސޯލިހު ބައްދަލުކުރައްވަފައިވެއެވެ.

މިއީ ރައީސް ސޯލިހު އިންޑިއާއިން އެނބުރި ވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.