ވަޒީފާތަކުގައި މަސައްކަތްކުރި މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރި ވެރީންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނެއް ވަރަށް އަވަހަށް ހަދަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބް ވިދާޅުވެއްޖެ އެވެ.
އިސްމާއީލް ހަބީބް މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވައިލައިފައެވެ.
އެކަމާ ގުޅިގެން ހަބީބް ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ގޮނޑި ގެއްލުނު 12 މެމްބަރުންވެސް އެކަމުގައި ހިމެނޭނެ ކަމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވެސް އެފަދަ ވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކަމަށް އަމީތުގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެެވެ.