ސިޓީ ކައުންސިލްގެ ފަރާތުން ކަނބާއައިސާ ރަނިހިނގުން މަގު މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވެސްޓް ޕާކް ސަރަހައްދުކައިރިން ކަނބާއައިސާ ރަނިހިނގުން މަގު ވަރަށް ބޮޑަށް ހަލާކުވެ ދުއްވާ އެއްޗެހި ދަތުރު ކުރުމަށް އުނދަގޫވާ ކަމަށް ބުނެ އާންމުން އެކަމާ ޝަކުވާކުރާތާ ވަރަށް ގިނަ ދުވަސް ފަހުން މި މަގުގެ މަރާމާތު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފު ކުރެއްވި ޓުވީޓެއްގަ އެވެ.
ޝަމާއު ވަނީ ކަނބާއައިސާ ރަނިހިނގުމުގެ މަސައްކަތް ކުރިއަށްދާތަން ޓުވިޓުކުރައްވައިފައެވެ.