ސަރުކާރުގެ އަމާޒަކީ ގައުމުގެ ކޮންމެ ފަރުދަކީ ގެދޮރުވެރިއަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. ހެނބަދޫ ނަރުދަމާ ނިޒާމު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި އިގްތިސާދު އެކަމެއްގެ ވަށައިގެން ދައުރުކުރާ ނާރެހަކީ ދިރިއުޅުން ވޭތުކުރާ ތަން ކަމަށެވެ.
"އާއިލާއެއް ބިނާކޮށްގެން ދިރިއުޅެވޭނެ ގެއެއް ނުވަތަ ގޯއްޗެއް ނެތި، ހާސިލު ކުރެވޭނެ ތަރައްގީއެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑެތި އިޖުތިމާއީ މައްސަލަތަކުގެ އަސްލަކީ ގެދޮރުގެ ދަތިކަން ކަމަށެވެ.
އަދި ގައުމުގެ ގެދޮރުގެ ދަތިކަން ހައްލުވެގެން ނޫނީ އިގްތިސާދުގެ ރޫފަ ހެޔޮވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.