މަރާމާތަށް ބަންދުކުރި ހުޅުމާލޭ ނެއިބަހުޑް އެކެއްގެ ޕާކުގެ މަރާމާތު ނިމި އާންމުންނަށް ހުޅުވާލައިފި ކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުޅުމާލޭ ނެއިބަހުޑް އެކެއްގެ ޕާކު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެޕާކު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ނެއިބަހުޑް އެކަކީ ހުޅުމާލޭގައި އެންމެ ފުރަތަމަ މީހުން އާބާދުވި ހިސާބެވެ. ހުޅުމާލޭ ނެއިބަހުޑް އެކެއްގެ ޕާކު އަލުން ހުޅުވާލާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެކި މަރާމާތު ކުރުމަށް ބަންދުކޮށްފައި ބޭއްވުމަށްފަހު އެވެ.