މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކޮންމެ މީހަކަށް ގޯއްޗެއް ކަނޑައަޅާފައި ދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ރަޝީދުގެ ކެމްޕޭން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯއްޗެއް ދިނުމަކީ ނުކޮޮށްދެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޖީލުން ދެން އަންނާން އޮތް ޖީލަށް އެކަން ނުކޮށްދީފިނަމަ ގަބޫލުފުޅު ކުރައްވާ! މި މާލެއެއް ނޯންނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މީގެކުރީންވެސް ވަނީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެނަމަ ރާއްޖެ ބީވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.