ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއާ ގުޅުވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ޅ. އަތޮޅު ނައިފަރަށް ވަޑައިގެންފި އެވެ.
ރައީސް މިއަދު ނައިފަރަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
އެދަތުރުފުޅުގައި ރައީސް ވަނީ ނައިފަރުގެ ކައުންސިލާ ބައްދަލުކުރައްވައިފައެވެ.
ރ. ދުވާފަރުގައި ބޭއްވި އެއްބައިވަންތަކަމުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނު އިއްޔެ ބައިވެރިވެވަޑައިގެންނެވިއިރު އިތުރު ދެ ރަށަކަށް ރަސްމީ ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖައްސަވައިފަ އެވެ. އެއީ ނ. ހެނބަދޫ އާއި ކުޑަދޫ އައިލެންޑް ރިޒޯޓެވެ.
އޭގެއިތުރުން ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އުފަންވެވަޑައިގެންނެވި ރަށް، ޅ. ހިންނަވަރަށް ވަނީ އިއްޔެ ޒިޔާރާތްކުރައްވާފައި އެވެ.