ޚަބަރު

ހައުސިންގެ މައްސަލަތަކުގެ މައުލޫމާތު ހޯއްދެވުމަށް މިނިސްޓަރު އާތިފާ ދެ ރަށެއްގެ ކައުންސިލާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ރަށްރަށުގައި ހުރި ހައުސިންގެ އެކިކަހަލަ މައްސަލަތަކާ ގުޅޭގޮތުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު ދެ ރަށެއްގެ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

ހައުސިންގެ ދާއިރާގައި ހުރި ދަތިތަކާއި އެނޫންވެސް މައްސަލަތަކާ ގުޅޭގޮތުން މިނިސްޓަރު ބައްދަލުކުރައްވާފައި ވަނީ ރ. އަތޮޅު ކިނޮޅަސް ކައުންސިލާއި ބ. ތުޅާދޫ ކައުންސިލާއެވެ.

އެ ދެރަށުގެ ހައުސިންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރާއިރު ރ. އަތޮޅުގެ ދުވާފަރުގައި ދިމާވެފައިވާ ހައުސިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ ހިޔާލު ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ.