މޯލްޑިވްސް ޖުޑިޝަރީ އެކަޑަމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖަޖްކްރާފްޓް، ޖުޑީޝަލް ސްކިލްސް އެންޑް ޖުޑީޝަލް މެނޭޖްމަންޓް ސެމިނާރު ފަށައިފި އެވެ.
އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި ކުރިއަށްދާ މި ސެމިނާރު ފަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކެމަށް ޖުޑިޝަރީން ބުނެފައިވެ އެވެ. މި ސެމިނާރަކީ ސުޕީރިއާ ކޯޓުތަކުގެ ގާޒީންގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސެމިނާރެކެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަރީން ބުނިގޮތުގައި މި ސެމިނާރުގައި ސެޝަންތައް ނަންގަވައިދެއްވަނީ މެލޭޝިއާގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.ހާޖީ ހާމިދު ސުލްތާން ބިން އަބޫބަކުރު އަދި ޑރ.ހާޖީ މުހައްމަދު ނައީމް ބިން ހާޖީ މުހުތާރެވެ.
ޖުމްލަ 19 ބޭފުޅުން ބައިވެރިވާ މި ސެމިނާރު އަންނަ އާދިއްތަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.