ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ހިންނަވަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނު އުފަންވެވަޑައިގެންނެވި ރަށް، ފާދިއްޕޮޅު ހިންނަވަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ރ. ދުވާފަރަށާއި ނ. ހެނބަދުއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިންނަވަރަށް ކުރެއްވި ނުރަސްމީ ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރ. އަތޮޅު ދުވާފަރުގައި ބޭއެވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން އެމަނިކުފާނު މާދަމާ ނ. އަތޮޅު ހެނބަދުއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.