ޚަބަރު

އަލިފާނުގެ ހާދިސާގައި ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރަނީ

އަހުމަދު ޖައިޝަން

ރަށެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ކޮންމެ އަތޮޅެއްގައިވެސް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އެގޮތުން އެފަދަ ކާރިސާތަކުން އަރައިގަތުމަށް ހަރަދު ކުރުމަށް ހާއްސަ ފަންޑެއް ވަނީ ގާއިމުކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑަށް ލިބޭ ފައިސާ އެނޫން ކަމަކަށް ހޭދަނުކުރެވޭނެކަން މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ކަށަވަރުކުރަން،" ރައީސް ވިދާޅުވިއެވެ.

މޫސުމީ ކޮޅިގަނޑު ފަދަ ކަންތައްތަކުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭ ގެއްލުންތަކަށް އަވަސް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.