މާލެ ސިޓީ ކައުންސިލާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އަދި އިލްކެޝަންސް ކޮމިޝަނުން ދަފްތަރު ރަޖިސްޓްރީއާ ގުޅެގޮތުން މަޝްވަރާކުރުމަށް ބައްދަލުކޮށްފިއެވެ.
މި ތިން އިދާރާއިން ދަފްތަރު ރަޖިސްޓްރީއާ ގުޅެގޮތުން މަޝްވަރާކުރުމަށް ބައްދަލުކުރިކަން އާންމުކޮށްފައިވަނީ އިލެކްޝަންސްގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކުންނެވެ.
ކުރީގެ ސަރުކާރުގައި މިއަހަރު ތެރޭ އަލުން މާލެ ދަފްތަރަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރިއިރު، އެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ވަނީ މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށް 1044 ފްލެޓް ދޫކުރުމަށް ހަމަޖައްސައިފައެވެ.