އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅު ތެރެއިން ރ. ދުވާފަރަށް ވަޑައިގަންނަވައި އެރަށު ކައުންސިލާއި އެ އަތޮޅު އުނގޫފާރު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ. ރައީސް ސޯލިހު އުނގޫފާރު އަދި އިނގުރައިދޫ ކައުންސިލާ ބައްދަލުކުރައްވައިފައި ވަނީ ވަކިވަކީންނެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލުތަކުން ވަނީ އެކައުންސިލުތައް ހިމެނޭ ރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތުގެ އިތުރުން ކުރިއަށް ރާވާފައިވާ ކަންތައްތައް ރައީސް ސޯލިހާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ދުވާފަރުގެ އިތުރުން ނ. ހެނބަދޫއަށާއި ކުޑަދޫ އައިލެންޑް ރިސޯޓަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.