ޚަބަރު

އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނެއް އެކުލަވައިލާނެ ބަޔަކު ހޯދަނީ

އަހުމަދު ޖައިޝަން

ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގާނޫނު ނުވަތަ "ޓެނަންސީ އެކްޓް" ޑްރާފްޓް ކޮށްދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓެނަންސީ އެކްޓް ޑްރާފްޓްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށެވެ.

އަދި އަންނަ މަހުގެ 10ގެ ކުރީން އެ ފަރާތްތަކުން މިނިސްޓްރީއަށް އަގެއް ހުށަހަޅަން ޖެހޭނެ ކަމަށާއި މައުލޫމާތު ސާފު ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.