ރ.ދުވާފަރު، ނ.ހެނބަދޫ އަދި ކުޑަދޫ އައިލެންޑް ރިސޯޓަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ރައީސް ސޯލިހު އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ދުވާފަރަށް ވަޑައިގަންނަވާނެއެވެ. އަދި ކުޑަ އައިލެންޑް ރިސޯޓަށް ރައީސް ވަޑައިގަންނަވަނީ އެ ރިސޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ހެނބަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެރަށު ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފެއްޓެވުމަށެވެ.
މި ދަތުރުފުޅު ނިންމަވާލުމަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމައެވެ.