އަހްމަދު ނިހާން ހުސައިން މަނިކު

ރިސޯޓުތަކުގެ 70 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށް ކަނޑައަޅައި ގާނޫނަކުން ލާޒިމުކުރަން ވެއްޖެ: ނިހާން

3

ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓެއް ނުވަތަ ހޮޓަލެއްގައި ވަޒީފާ އަދާކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށް ކަނޑައަޅައި ގާނޫނަކުން ލާޒިމުކުރަން ވެއްޖެ ކަމަށް ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެހެން ވިދާޅުވެފައިވާ އިރު، އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ރިސޯޓެއް ހިންގަމުންދާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ.

ފަސް ދިވެހިން ލައިގެން ހިންގާ ރިސޯޓަކީ އއ. ވެލިދޫ ކަމަށް ވެސް ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. އއ. ވެލިދޫ އައިލެންޑް ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ގއ. ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާމިޒުގެ ރިސޯޓެކެވެ.

"ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓް/ހޮޓަލެއްގައި އެކި ދާއިރާތަކުގެ ވަޒީފާތަކުގައި މަދުވެގެން %70 މުވައްޒަފުންނަކީ ދިވެހިން ކަމަށް ކަނޑައަޅައި ގާނޫނަކުން ލާޒިމުކުރަން ވެއްޖެ. ފަސް ދިވެހިން ލައިގެން ރިސޯޓު ހިންގާ ރިސޯޓަކީ ވެލިދޫ،" ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟