ޚަބަރު

މީހުން އުމްރާއަށް ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން 30 ޖެނުއަރީ 2018 ގައި ކޮށްފައިވާ އިއުލާނުގެ ދަށުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު 31 ޖެނުއަރީ 2019 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ދިވެހިން އުމްރާއަށް ގެންދިއުމުގެ ހުއްދަ 16 ފަރާތަކަށް ލިބިފައިވާ އިރު އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް ދިއުމަށް ފައިސާ ދައްކާއިރު އެ ކުންފުންޏަކީ މިނިސްޓްރީން ހުއްދަދީފައިވާ ކުންފުންޏެއްތޯ ބެލުމަށް އިލްތިމާސްކޮށްފައެވެ.