ޚަބަރު

މިނިވަން ދުވަހާއި ބޮޑު އީދާ ދިމާކޮށް އުރީދޫ މޫލީ އިން ޑިޖިޓަލް ކާނިވަލެއް ފަށަނީ

އަލީ ޔާމިން

މިއަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ މުނާސަބަތުގައި އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީގައި ޑިޖިޓަލް ކާނިވަލެއް ފަށަން ތައްޔާރުވެއްޖެއެވެ.

އުރީދޫން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް ގިވްއަވޭސްގެ ގޮތުގައި އަގުހުރި އިނާމުތައް ދިނުމަށް ހަމަޖައްސާފައިވާ ކަމަށާއި މި ކާނިވަލް ފެށުމަށްޓަކައި ކާނިވަލަށް ހާއްސަ ވަކި ސެކްޝަނެއް މޫލީ ޕްލެޓްފޯމުގައި ހުޅުވާނެ ކަމަށެވެ.

މޫލީ ކާނިވަލުން ގިނަ އަދަދެއްގެ ތަކެތި ގަންނަން ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އޭގެ ތެރޭގައި ސްމާޓް ފޯން، ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންގެ ވާހަކަ ފޮތްތަކުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި ހިމެނެއެވެ. މޫލީއިން ގަންނަ ތަކެތި މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

އުރީދޫއިން ބުނީ ބޮޑު އީދާ ދިމާކޮށް އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް އީދު ހަދިޔާ ފޮނުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލައިފައިވާ ކަމަށެވެ.

ހަދިޔާ ފޮނުވުމަށް:

  • އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރާ
  • މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ.
  • ބޭނުންވާ ހަދިޔާ ހިޔާރުކުރުމަށްފަހު ކާޓްއަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  • ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ.
  • އޯޑަރު ކަށަވަރުކުރުމަށް ޕޭމަންޓް ކޮންފާމް ކުރައްވާ.

‎މޫލީ ކާނިވަލުން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެ، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ގިވްއަވޭ ޕެކްތައް މޫލީގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑަކުން ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ތަކެތި، އައިޓީ ވޯލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލެ ޕާފިއުމް، ލިންކްސާވް، ޕެންހޮމް، ރީމެކްސް، ސޭވިއާސް، ދަ ސްޕޭސް، ވީސްޓޯ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެއެވެ.

‎މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ.

‎މި ކާނިވަލަށް ކޮންމެ ނެޓްވޯކަކުން ވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއެކު އީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއެކު ހިއްސާ ކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

‎މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތްކުރަމުން އަންނަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށްވެސް އުރީދޫއިން ބުނެއެވެ.