މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މިފްކޯގެ އެކްޓިން އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ކޮލަމާފުށީ ,ރޯޝަނީގެ, އިސްމާއީލް ފައުޒީ އެވެ.
އިސްމާއީލް ފައުޒީ އަކީ މީގެކުރީން މިފްކޯގެ އިސް މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ މަސް ކުންފުނި، މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ވަނީ 2016 ވަނަ އަހަރު ހަމަޖައްސައިފަ އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މިފްކޯގެ އެކްޓިން އެމްޑީގެ ހައިސިއްޔަތުން ކުންފުނި ހިންގެވުމުގެ ޒިންމާތައް މި ވަގުތު އަދާކުރައްވަމުން ގެންދަވަނީ އިސްމާއީލް އެވެ. އެހެން ނަމަވެސް މިފްކޯ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމުން އެކަން އެސްޓީއޯގެ ބޯޑުން ރަސްމީކޮށް ނިންމަން ޖެހޭނެ އެވެ.