މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަން ގެ މެންބަރުކަމުން ހެންވޭރު މާފިޔަ އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވައިފިއެވެ.
މުނާޒް އެ މަގަމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މުނާޒު އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ. އެހެން ނަމަވެސް "ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މުނާޒް އެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން މަގާމަކާ ހަވާލުވެވަޑައިގަތުމަށެވެ.