ޚަބަރު

އެޗްޕީއޭ އިން ހެލްތް އެޑްވައިޒަރީ ބޯޑެއް އެކުލަވާލައިފި

މަރިޔަމް ޝަހުދާ

ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވައުދު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތް އެޑްވައިޒަރީ އެކުލަވާލައިފިއެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މީޑިއާގެ ފަރާތްތައް އެކުލެވޭ ގޮތަށް އެކުލަވައިލި މި ބޯޑުގެ މައިގަނޑު މަގްސަދަކީ އެކި ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށް ސަރުކާރަށް ލަފާ ދިނުމެވެ.

މި ބޯޑުގައި ހިމެނެ ބައެއް މެމްބަރުންނަށް މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ. "ހެލްތް އެޑްވައިޒަރީ ބޯޑް" ބޯޑުގައި ހިމެނެނީ އަށް މެމްބަރުންނެވެ. އެއީ؛

- މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހަދީޖާ އަބްދުއް ސަމަދު

- ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ ފަރާތުން މައިމޫނާ އަބޫބަކުރު

- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގެ ފަރާތުން ތޫމާ އާދަމް

- މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ހުސައިން ރަޝީދު

- މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހީމް

- މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ފަރާތުން އަޒްމީ އަލީ

- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ފަރާތުން އަހްމަދު މަރްޒޫކް

- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން ގެ ފަރާތުން އަހްމަދު ރާޝިދު

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ގިނަވަމުން އަންނަ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކައުތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ރާއްޖޭގައި ބަލިތައް ގިނަވަނީ ކީއްވެކަމާއި އެކަމަށް ހައްލެއް ގެނައުމަށް ކުރުމަށް ރާވާފައިވާ ކަންކަމާ މެދު އެޗްޕީއޭއިން މައުލޫމާތު ދީފައެވެ.