ޚަބަރު

އެމްޑީޓީގެ ދިދައާއި ލޯގޯ ފާސްކޮށް، އިންތިގާލީ ކައުންސިލެއް އެކުލަވާލައިފި

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ދިދައާއި ލޯގޯ ފާސްކޮށް، އިންތިގާލީ ކައުންސިލެއް އެކުލަވާލައިފިއެވެ.

އެމްޑީޓީގެ ދިދައާއި ލޯގޯ ފާސްކޮށް، އިންތިގާލީ ކައުންސިލެއް އެކުލަވާލާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ އިފްތިތާހީ ޖަލްސާގައެވެ.

އެމްޑީޓީގެ އިންތިގާލީ ކައުންސިލުގައި ޕީޕީއެމް ދޫކުރައްވައި އެމްޓީޑީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދުއާއެކު އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް ހިމެނިވަޑައިގަންނަވައެވެ.

އޭގެ އިތުރުން އެމްޑީޓީގެ އިންތިގާލީ ކައުންސިލްގައި ދެން ހިމެނެނީ އާމިނަތު ވިޖްނާ މުހައްމަދާއި ސާއިފް އަހްމަދާއި މުހައްމަދު ރީހާނާއި އަބްދުލް ރަޝީދު ނާފިޒާއި މަރިޔަމް ސިޔާނާއާއި ނިމްތާޒް ހިލްމީއާއި ހޫދު އަބްދުލް ހަސީބާއި އާނިސް ހަސަން އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަސްވާއެވެ.

އެމްޓީޑީ އުފެއްދުމަށްޓަކައި ބާއްވާ ފުރަތަމަ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ޖަލްސާ ބޭއްވުމަށް އީސީން ހުއްދަދީފައިވަނީ އެ ޕާޓީ ރަޖިސްޓަރީ ކުރުމަށް 3333 މީހުންގެ ސޮއި ހުށަހެޅުމުންނެވެ.