ޚަބަރު

އަޅާލާނެ މީހަކު ނެތި އުޅުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ

1

އަޅާލާނެ މީހަކު ނެތި އުޅުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މިނިސްޓްރީން އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނީ ސިއްހީ ފަރުވާ ދެމުންދަނިކޮށް މަރުވި އުމުރުން ދުވަސްވީ މީހަކީ އައްޑޫ ސިޓީއަށް އުފަން އަންހެނެއް ކަމަށެވެ.

ހާލު ދެރަ، އަޅާލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ އަންހެނަކު އައްޑޫ ސިޓީގައި ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ޖެންޑާ މިނިސްޓްރީން އޭނާއާ ހަވާލުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ދައުލަތުގެ ބެލުމުގެ ދަށަށް އޭނާ ގެނެސް، ސިއްހީ ފަރުވާ ފޯރުކޮށްދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އޭނާ މަރުވެފައިވާ ކަމަށެވެ.

"ހާލު ދެރަ، އަޅާލާނެ ފަރާތެއް ނެތް އުމުރުން ދުވަސްވީ އަންހެނަކު އައްޑޫ ސިޓީގައި ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހޮނިހިރު ދުވަހު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ސިއްހީ ފަރުވާ ފޯރުކޮށްދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައި،" ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓުގައި ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟