ޚަބަރު

ހުޅުލެއާއި ހުޅުމާލެ ގުޅައިދޭ މަގު ޓެސްޓު ބުރަކަށް މިރޭ ދިއްލަނީ

މަރިޔަމް ޝަހުދާ

ސިނަމާލެ ބްރިޖުން ފައިބާއިރު އޮންނަ ހުޅުލެ އާއި ހުޅުމާލެ ގުޅައިދޭ ހުޅުމާލެ ލިންކްރޯޑްގެ ލައިޓުތައް މިރޭ ދިއްލާނެ ކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ހާމަކޮށްފި އެވެ.

އެޗްޑީސީ އިން ކުރި ޓުވިޓެއްގައި ވާގޮތުގައި އެމަގު ދިއްލުމަށް ހަމަޖެހިފައިވަނީ ވަގުތީގޮތުން، ހަމައެކަނި ޓެސްޓު ބުރަކަށެވެ.

މިއަހަރު ސެޕްޓެމްބަރ 7 ވަނަ ދުވަހު ބްރިޖު ހުޅުވުމާއެކު މި މަގު އާންމުނަށް ހުޅުވާލި އިރު، މި މަގުގައި އެކްސިޑެންޓްވާ އަދަދު ވަނީ އިތުރުވެފައެވެ.