ޚަބަރު

މޫސުން ގޯސްވެ މުޅި ރާއްޖެއަށް އެލާޓް ނެރެފި

މުހައްމަދު އައުޒަމް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ އެލާޓުގައި ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ވައިގެ ބާރުމިން އާންމުގޮތެއްގައި 22 މޭލާ 27 މޭލާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނީ ވިލާގަނޑުގައި ވައިގެ ބާރުމިން ހުންނާނެކަމަށް ލަފާކުރެވެނީ 50 މޭލާއި 55 މޭލާ ދެމެދުގައި ކަމަށާއި ވައި ގަދަވެ ގަނޑު ގަދަވުމާއެކު ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މެޓުން ނެރެފައިވާ މި އެލާޓުގެ ވަގުތަކީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ މޫސުން ގޯސްވެ ކަނޑު ގަދަވުން އެކަށީގެން ވާތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ނަސޭހަތްތެރި ވެފައެވެ.