ޚަބަރު

ހުޅުމާލެ ބީޗް ސަރަހައްދު ބޭނުންކުރާ ކެފޭތަަކުން އެތަން ހުސްކުރަން މިއަދު އަންގާނަން: އެޗްޑީސީ

މަރިޔަމް ޝަހުދާ

ގަވައިދާ ޚިލާފަށް ހުޅުމާލެ ބީޗް ސަރަހައްދު ބޭނުންކުރާ ކެފޭ ތަކާއި އެ ނޫންވެސް ފަރާތްތަކުން އެތަންތަން ހުސްކުރާން މިއަދު އަންގާނެ ކަމަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން ބުނެފި އެވެ.

"ވަން އޮންލައިން)އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެއްވެސް ހުއްދައަކާ ނުލައި ހުޅުމާލެ އިރުމަތީ ފަރާތު އަތިރިމަތީ ސަރަހައްދު ބޭނުންކުރާ ކެފޭތަކަށް އެތަން ހުސް ކުރުމަށް އަންނަ މަހުގެ 31އާ ހަމައަށް މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމާލެ ބީޗް ސަރަހައްދު އާންމުންނަށް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީ ކުރުމަށް ޕްލޭނެއް ރާވަމުން އަންނަ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އަންނަ މަހުގެ 31ގެ ކުރީން ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރުމަށް ކެފޭތަކަށް އެންގުމަށް ނިންމާފައި ވަނީ ދެ ހަފްތާގެ މަތިން ކަމާގުޅޭ ސަރުކާރުގެ އެކި އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް އެޗްޑިސީން ވިދާޅުވި އެވެ.

ހުޅުމާލެ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ހުސްކުރާން ސަރުކާރުން މި ނިންމީ ރެސްޓޯރެންޓުތަކުން އެ ސަރަހައްދުގެ ބީޗު އެއްކޮށް ކަހަލަ ގޮތަކަށް ނަގައި އާންމުންނަށް ބީޗު އެއްވެސް މިންވަރަކަށް ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.