ޚަބަރު

އިންޑިއާ ކަނޑުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން އަށް ރާއްޖޭގެ 13 ރިސޯޓެއް ނޮމިނޭޓް ވެއްޖެ

މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން" އަށް ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.

މިއީ އެ އެވޯޑަށް ރާއްޖެ ނޮމިނޭޓް ވި ހަވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެ ވަނީ ވިދި ވިދިގެން ފަސް ފަހަރު އެ އެވޯޑަށް ނޮމިނޭޓް ވެ، ކާމިޔާބު ކޮށްފައެވެ. މި އަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއަން އޯޝަން ބެސްޓް ސްޕާ ޑެސްޓިނޭޝަން ކެޓަގަރީން ރާއްޖެއާ ވާދަކުރަނީ މޮރިޝަސް އަދި ސީޝެލްސްއެވެ.

މި އަހަރު ރާއްޖޭގެ ބެސްޓް ރިސޯޓް ސްޕާގެ އެވޯޑަށް 13 ރިސޯޓެއް ނޮޮމިނޭޓުވެފައި ވެއެވެ. އެ ރިސޯޓްތަކަކީ:

  • އަނަންތާރާ ސްޕާ އެޓް އަނަންތަރާ ދިގު
  • އަނަންތާރާ ސްޕާ އެޓް އަނަންތާރާ ކިހަވައް
  • ކާމް ސްޕާ އެޓް ޖޭއޭ މަނަފަރު
  • ކޮކޯ ސްޕާ އެޓް ކޮކޯ ބޮޑުހިތި
  • ޑްރިފްޓް ސްޕާ އެޓް ނިޔާމަ
  • ހެވަންލީ ސްޕާ އެޓް ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ
  • އިރިޑިއަމް ސްޕާ އެޓް ދަ ސެއިންޓް ރިޖިސް މޯލްޑިވްސް ވޮއްމުލި
  • ޖިވާ ގްރޭންޑް ސްޕާ އެޓް ތާޖް އެގްޒޯޓިކާ
  • ކޮކޯ ސްޕާ އެޓް ކަނުހުރާ
  • ތަލިސް ސްޕާ އެޓް ޖުމެއިރާ ވިޓަވެލި
  • ދަ ސްޕާ އެޓް ކޮންރެޑް މޯލްޑިވްސް ރަންގަލި
  • ދަ ސްޕާ އެޓް ވެލާ ޕްރައިވެޓް އައިލެންޑް
  • ދަ ސްޕާ ބައި ތަލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި

މީގެ އިތުރުން ރާއްޖޭގެ ބެސްޓް ވެލްނެސް ރިޓްރީޓް އެވޯޑަށް ނުވަ ރިސޯޓެއް ނޮމިނޭޓުވެފައި ވެއެވެ. އެ ރިސޯޓްތަކަކީ:

  • އަނަންތާރާ ވެލި މޯލްޑިވްސް ރިސޯޓު
  • ކޮމޯ ކޮކޯ އައިލެންޑް
  • ކޮމޯ މާލިފުށި
  • ފޯ ސީޒަންސް ލަނޑާގިރާވަރު
  • ލަކްސް ސައުތު އަރި އެޓޯލް
  • ވަން އެންޑް އޮންލީ ރީތި ރަށް
  • ސިކްސް ސެންސެސް ލާމު
  • ސިކްސް ސެންސެސް ސްޕާ ކުންފުނަދޫ އެޓް ސޮނޭވާފުށި
  • ވެލާ ޕްރައިވެޓް އައިލެންޑް

މި އެވޯޑު ތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ފުރުސަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް އޮންނާނެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ވޯލްޑް ސްޕާ އެވޯޑްސް އަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑަށްވާއިރު އެފަދަ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެގެން ދިއުމަކީ ރާއްޖޭގެ ސްޕާ ހިދުމަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ މަތީ ފަންތީގެ ސްޕާގެ ހިދުމަތްދޭ މަންޒިލެއްގެ ގޮތުގައި އިތުރަށް މަޝްހޫރުވެގެންދާނެ ކަމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.