ޚަބަރު

ޕޮލިސް ހެޑްކުއާޓަރު ކުރިމަތީ އޮތް ބުޅަލެއް އެތަނުން ދާން ދެކޮޅު ހަދާތީ ފުލުހުން އޭގެ ވެރިފަރާތް ހޯދަނީ

އަލީ އަފާފު ރަމީޒު

2

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީގައި އޮތް ހުދު ބުޅަލެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީގައި އޮތް ހުދު ބުޅަލެއް އެތަން ދޫކޮށްދާން ދެކޮޅު ހަދާ ކަމަށެވެ. އަދި ފެންނަ ފެނުމަށް އެބުޅާ ބަނޑުބޮޑު ކަމަށާއި އާއިލާ ހޯދަމުން އަންނަ ކަމަށް ބެލެވޭ ކަމަށެވެ.

"މި ބުޅަލަކީ އެއްވެސް މީހެއްގެ ގެއްލިފައިވާ ބުޅަލެއްނަމަ، ލަސްނުކޮށް ބުޅާ އަވަހަށް ގެންދިއުން އެދެން،" ފުލުހުން ބުންޏެވެ.

ފުލުހުންގެ ޓުވީޓުގައި އެ ހުދު ބުޅާ ގައިގައި ފުލުހަކު ފިރުމާ މަންޒަރު ހިމެނޭ ފޮޓޯއެއްވެސް ވަނީ ހިމަނައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟