ޚަބަރު

ޑިންގީއެއްގައި ދަތުރުކުރި ދެމީހަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ

އަހުމަދު ޖައިޝަން

ޑިންގީއެއްގައި އއ. ތޮއްޑޫ އަށް ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ދެމީހުންނާއެކު ދަތުރުކުރި "ތުނޑި" ނަމަކަށް ކިޔާ ޑިންގީއެއްގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 13:03 ގައި ކަމަށެވެ.

އެއާއެކު އެމީހުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މިއަދު 14:55 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދެ މީހުންނާއި ޑިންގީ ވަނީ އއ. އުކުޅަހަށް ވަދެފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ، ޑިންގީން ދަތުރު ކުރި ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ދެމީހުން ހޯދުމުގެ މަސައްކަތް ފެށީ އެ ދެމީހުންގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރުމާ ގުޅިގެން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.