ޝެއިޚް އަލީ ޒައިދު

އެއްވެސް މުސްލިމަކު ކްރިސްމަސް ފާހަގަކޮށްގެން ނުވާނެ: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

1

އެއްވެސް މުސްލިމަކު ކުރިމަސް ފާހަގަ ނުކުރުމަށް އައްޝައިޚު އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚު އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މެރީ ކްރިސްމަސް ފަދަ އިބާރާތް ބޭނުންކުރުމަކީ ވެސް ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށެވެ.

އަދި ކްރިސްމަސް އަކީ ނަސޯރާއިންގެ ދީނީ އަޅުކަމެއް ކަމަށާއި އެކަމުގެ އެެއްވެސް އަމަލެއްގައި އެއްވެސް މުސްލިމަކު ބައިވެރި ނުވުމަށް އޭނާގެ ޓުވީޓުގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޒައިދުގެ ޓުވީޓުގައި ބައެއް ދިވެހިންގެ އުޅުން ކަމު ނުދާކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކްރިސްމަސް ދުވަހުގެ ގޮތުގައި ޣައިރު މުސްލިމުން ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟