ޝަހީދާ އަބްދުﷲ ސައީދު
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސްގެ އިސް ނެންގެވުމަށް އަދަބު ލުއިކުރުމުގައި އަމަލު ކުރަމުން އައި ގަވާއިދު އުވާލައިފި އެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ވަނީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު އެ ގަވާއިދުން ހާސިލު ނުވާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ގަވއިދު އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ކަމަށެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްްދާގެ ދަށުން ވަކި ހާލަތެއްގައި ކުށްވެރިންގެ އަދަބު ރައީސްގެ އިސް ނެންގެވުމަށް ލުއިކޮށް ދިނުމުގެ ބާރު ރައީސަށް އޮވެ އެވެ. އެކަމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލީ 2016 ވަނަ އަހަރު ރައީސް އޮފީހުންނެވެ.