ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައިފިއެވެ.
ރިފާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީީ ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ މަޖިލީހާއި އޮތީ ކޮންގުޅުމެއްތޯ ސުވާލުކުރައްވައިފައެވެ.
އަދި މެނިފެސްޓޯގައި ތިޔަހެން ލިޔެފައި ގައިމު ނެތް ކަމަށާއި މަޖިލީހުގެ މެޖޯރިޓީއަކީ މިހާރު ވެސް އެމްޑީޕީ ކަމަށެވެ. އެކަމު ބަޖެޓްވެސް ފާސްވި ކަމަށާއި މިނިސްޓަރުންނަށް ރުހުންވެސް ލިބުނު ނޫންތޯ ރިފާއުގެ ޓުވީޓުގައި ސުވާލުކުރައްވާފައި ވެއެވެ.
ރިފާއު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އިއްޔެ ހއ. އިހަވަންދޫގައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނެތި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތައް ފުއްދުމަކީ ވާން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވުމުންނެވެ.