ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ރަޖިސްޓްރާއަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ) ހަމަޖައްސައި، ޕާޓީގެ ތަރުޖަމާނަކަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ހަމަޖައްސައިފިއެވެ.
ޑީއާރުޕީގެ ރަޖިސްޓްރާއަކަށް ބޮޗޭ ހަމަޖައްސައި، ތަރުޖަމާނަކަށް މުއާޒް ހަމަޖައްސާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
އެ މަގާމުތަކުގެ އިތުރުން މިރޭ ވަނީ ޑީއާރުޕީގެ ލީޑަރާއި ނައިބު ލީޑަރުންނަށް ވެސް ބޭފުޅުން ހަމަޖައްސައިފައެވެ. އެ ޕާޓީގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަމަޖެއްސި އިރު، ނައިބު ލީޑަރުންނަށް ހަމަޖައްސާފައިވަނީ ކުރިން އެ ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިންއެވެ.
ޑީއާރުޕީއަށް ޖާބިރާއި ބޮޗޭ ސޮއިކޮށްފައިވަނީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.