އިންޑިނޭޝިއާއަށް އެރި ސުނާމީގެ ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފިއެވެ.
އިންޑޮނޭޝިއާއަށް އެރި ބާރުގަދަ ބިންހެލުމަކަށްފަހު މިހާރު ވަނީ ސުނާމީއެއް އަރައިފައެވެ. އެ ސުނާމީގައި ބައެއް މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓާއި ގިނަ ބަޔަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، މޯމެންޓް މެގްނިޓިއުޑް ސްކޭލް (އެމްއެމްއެސް) އިން ދައްކާގޮތުގައި ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.
އިންޑޮނޭޝިއާގެ ސުލަވޭސީ އައިލެންޑަށް އެރި ސުނާމީގައި، އެރި ރާޅުތަކުގެ އުސްމިނުގައި ދެ މީޓަރު (6.6 ފޫޓް) ހުންނަ ކަމަށް ކަމާ ގުޅޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ.