ޚަބަރު

ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސީދަ އަސަރެއް ރާއްޖެއަކަށް ނުކުރާނެ

މަރިޔަމް ޝަހުދާ

ދެކުނު އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސީދަ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާ ނުކުރެވޭކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުގެ ރަސްމީ ޓުވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް މެދުވެރިކޮށް މެޓް އޮފީހުން ބުނިގޮތުގައި ދެކުނު އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުން އުފައްދާ ބޮޑެތި ރާޅުތަކުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތު ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ނޫން އިތުރު އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ.