ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރުންނަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ސްޓޭޓް މިނިސްޓަރުންގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންނަކީ :

ގ. އަލަފަރު، ހަދީޖާ އާދަމް - މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން

ގ. ޒަމާނީއާކުލަ، މުހައްމަދު ޝާފިއީ - މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ

އެ ބޭފުޅުންނަށް މިއަދު މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އެ ދެ ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.