އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ މ. ސުހްރާ، މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.
މުހައްމަދު އަހުމަދު އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ. އަދި އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.