ޚަބަރު

އޫރުން ތައްޔާރުކޮށްފައިވާ ޖެލަޓިން ބާޒާރުގައި ހުރިތޯ ބަލަނީ

އަހުމަދު ޖައިޝަން

އޫރުން ތައްޔާރުކޮށްފައިވާ "ޖެލެޓިން ޕޯސީން" އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖެލަޓިން ޕޯސީން އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކަމަށް ސޯޝަލް މީޑިއާ އަދި ނިއުސް މީޑިއާގައި ވަނީ މައުލޫމާތު ދައުރުވެފައި ކަމަށެވެ. އަދި އެ ތަކެތި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ އެކަމާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ހޯދަމުން ދަނީ "ޖެލީޓާ" ބްރޭންޑުގެ ޖެލަޓިން ޕައުޑާރ ކަމަށެވެ.

އޫރުން ތައްޔާރުކޮށްފައިވާ އެ ބްރޭންޑުގެ ޖެލަޓިން ރާއްޖެ އެތެރެކޮށް ވިއްކާފައިވަނީ މީގެ މަހެއް ކުރީން ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓް ތަކުގައި ވެއެވެ.