މާލޭގެ ސައިހޮޓާތައް ހިންގޭނީ ދިވެއްސަކު އެ ވިޔަފާރީގައި ޝާމިލްވެގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ މިހެން ވިދާޅުވެފައި ވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ޝިފާ ވަނީ ބައެއް ހޮޓާ ތަކުގެ ކުރިމަތީގައި ޓިޝޫތަކާއި، ރަތްކުޅާއި ކުނި އިތުރުވުމުގެ އަސްލަކީ ކޮބައިތޯ ސުވާލުކުރައްވައިފަ އެވެ. މީގެ އިތުރުން ހޮޓާތެރޭ މީހުން ނިންދަވަނީވެސް ދިވެހި މީހާ ކަމަށް ޝިފާ ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުމުގެ ގާނޫނުގައި ބުނާގޮތުގައި ސައިހޮޓާ ފަދަ ދިވެހީން އާންމުކޮށް ވަކިވަކިން ކުރާ ގަނެ ވިއްކުމުގެ ވިޔަފާރި އަކީ ބިދޭސީންނަށް ރާއްޖޭގައި ކުރެވޭ ވިޔަފާރިއެއް ނޫނެވެ. ނަމަވެސް ސައިހޮޓާ ތަކާއި ކުދި ފިހާރަތަކުގައިވެސް މިހާރު މުޅިންހެން ފެންނަނީ ބިދޭސީންނެވެ.