އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަންވަރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން އިސްތިއުފާ ދެއްވިކަން "ވަން އޮންލައިން" އަށް އަންވަރު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އަންވަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.