ހުޅުމާލެއިން ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި އޮޕަރޭޝަން ހިންގާފައި ވަނީ ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. ބަނގުރާފުޅި ކަމަށް ޝައްކު ކުރެވޭ 33 ފުޅި ފެނިފައި ވަނީ ހައްޔަރު ކުރި މީހާ ދުއްވަމުންދިޔަ ކާރު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ޕޮލިސް ލައިފްގައި ބުނެފައިވެ އެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.