ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނިމުގެ ޕައިލެޓް ޕްރޮގްރަމްގެ ދަށުން ހެނދުނުގެ ދަންފަޅީގެ ކުދިންނަށް ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެއްކަމަށް ވާ ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައެވެ. މިގޮތުން މިހާތަނަށް 20 ސްކޫލަކުން ވަނީ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެ ސްކޫލްތަކަކީ؛
- ހުރަވީ ސްކޫލް، ހުޅުމާލެ
- މަޖީދިއްޔާ ސްކޫލް، މާލެ
- މުހްޔިއްދީން ސްކޫލް، ވިލިމާލެ
- ދާންދޫ ސްކޫލް، ގއ.ދާންދޫ
- އަމީނިއްޔާ ސްކޫލް، މާލެ
- ކ. އަތޮޅު ތައުލީމީ މަރުކަޒު، ކ.ތުލުސްދޫ
- މިލަންދޫ ސްކޫލް، ށ.މިލަންދޫ
- ނޭކުރަންދޫ ސްކޫލް، ހދ.ނޭކުރަންދޫ
- ބުރުނީ ސްކޫލް، ތ.ބުރުނި
- މަދަރުސަތުން ޝަހީދު އަލީ ތަކުރުފާނު، ހއ.ތަކަންދޫ
- ދ. އަތޮޅު މަދަރުސާ، ދ.މީދޫ
- ލ. އަތޮޅު މަދަރުސާ، ލ.މާބައިދޫ
- ގދ. އަތޮޅު ތައުލީމީ މަރުކަޒު، ގދ.ތިނަދޫ
- ޝަރަފުއްދީން ސްކޫލް، ސ.ހިތަދޫ
- އިސްކަންދަރު ސްކޫލް، މާލެ
- އއ.މާޅޮހު ސްކޫލް، އއ.މާޅޮސް
- ޏ. އަތޮޅު ތައުލީމީ މަރުކަޒު، ޏ.ފުވައްމުލަކު
- އދ. އަތޮޅު މަދަރުސާ، އދ.މާމިގިލި
- ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ، އަދި
- ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވަނީ ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާ ގޮތް އޮޅުން ފިލުވައި ދީފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވެއެވެ.
މި ޕްރޮޖެކްޓާގުޅޭ އިތުރު މައުލޫމާތާއި އާންމުންގެ ހިޔާލު ހޯދުމަށް އާންމުންނާއި ބެލެނިވެރިންނަށް ހުޅުވާލައިގެން މާދަމާރޭ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ފޯރަމެއް ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.