ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ވައުދެއް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފުއްދަވައިދެއްވާނެ ގޮތަކާ މެދު، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ސުވާލު އުފައްދަވައިފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ނިހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލެ ހައްގުވާ ޑރ. ޖަމީލުއަށް މިއަދު ކުއްލިއަކަށް ތިޔަ ފެނުނު މިންވަރު 2018 ގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ރައީސް ޔާމީން ވަނީ އިއުލާން ކުރައްވާފައި ކަމަށެވެ.
'' މާލެ، ވިލިމާލެ، ތިލަފުށި ގުޅާލައި ވިލިމާލޭ ދޭއްގެ ނަމުގައި ސިޓީއެއް، އެވައުދު ޖަމީލުއަށް ފުއްދޭނީ ކިހިނެއް.؟'' ނިހާންގެ ޓުވީޓުގައި ވެއެވެ.
2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މެނިފެސްޓޯގައިވާ ގޮތުން އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދެއްވައިފިނަމަ، މާލެ ވިލިމާލެ ތިލަފުށި ގުޅާލައި 315000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ އެވެ.