މާލެ ސިޓީގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކުކުރާ ނަމަ، ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން މާދަމާއިން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ދިހަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކުކުރާ ނަމަ، މާދަމާއިން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށެވެ. އެ ސަރަހައްދުތަކަކީ؛
ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކުކުރާ ނަމަ ފިޔަވަޅު އަޅަން ފެށުމަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނިއު ނޯމަލްގެ ހާލަތުގައި މާލެ ސިޓީ ހުޅުވާލުމުން ކަމަށް ފުލުހުން ބުނެއެވެ.
މިފަދައިން ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހައެވެ. އެގޮތުން ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ފުރަތަމަ ޖަހާ ސްޓިކާއަަށް ޖޫރިމަނާގެ ގޮތުގައި 250 ފުރިޔާ ދައްކަންޖެހެއެވެ. އަދި ދެވަނައަށް ޖަހާ ސްޓިކާއަށް 500 ރުފިޔާ، އަދި އޭގެ ފަހުން ޖަހާ ކޮންގެ ސްޓިކާއަކަށް ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ އިތުރުވަމުންދާނެ ކަމަށް މީގެ ކުރިން ފުލުހުން މައުލޫމާތު ދީފައިވެއެވެ.